އެމެރިކާގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ކުށުގެ މައުލޫމާތު ހިއްސާކުރުމަށް ބޭނުންކުރާ ޤައުމީ ޑޭޓާބޭސްއަށް ސައިބާ ހަމަލާއެއް ދީފައިވާ ކަމަށް ޝައްކުކުރެވޭ މައްސަލައެއް، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ތަހުގީގުކުރަން ފަށައިފިއެވެ.
ހަމަލާ އަމާޒުވެފައިވަނީ ނޭޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރުގެ ޑޭޓާބޭސްއަށެވެ. ފެޑެރަލް، ސްޓޭޓް އަދި ލޯކަލް ފެންވަރުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ބޭނުންކުރާ މި ނިޒާމުގައި ހައްޔަރުކުރުމުގެ ވޮރެންޓުތަކާއި، ކުށުގެ ރެކޯޑުތަކާއި، ބެކްގްރައުންޑް ޗެކްތަކާ ބެހޭ މައުލޫމާތު ރައްކާކުރެއެވެ.
މިކަމާ ގުޅޭގޮތުން އެފްބީއައިން އަދި ވަކި ބަހެއް ބުނެފައެއް ނުވެއެވެ.
މިއީ ފަހުގެ މަސްތަކުގައި އެފްބީއައިއާ ގުޅުންހުރި ނިޒާމުތަކަށް ދިން ސައިބާ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ. ސެޕްޓެމްބަރު މަހު "ޝައިނީ ހަންޓާސް" ކިޔާ ހެކަރުންގެ ގްރޫޕަކުން އެފްބީއައިގެ ވަޒީފާތަކަށް މީހުން ހޯދާ ވެބްސައިޓަށް ވަދެ، އެ އިދާރާގެ މިހާރުގެ އަދި ކުރީގެ މުވައްޒަފުންގެ މައުލޫމާތު ވަނީ ވަގަށް ނަގާފައެވެ.





