ޖީޓީއޭ 6 ރިލީޒްކުރިތާ އެއް ދުވަހުން 2.36 ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދައިފި

މުނިފޫހިފިލުވުމުގެ ދާއިރާގެ ތާރީޚުގައި އެންމެ ކާމިޔާބު އުފެއްދުމުގެ ރެކޯޑާއެކު، ރޮކްސްޓާ ގޭމްސްގެ ވީޑިއޯ ގޭމް "ގްރޭންޑް ތެފްޓް އޮޓޯ 6" (ޖީޓީއޭ 6) ރިލީޒްކުރިތާ އެއް ދުވަހުގެ ތެރޭގައި 2.36 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފިއެވެ.

އިންޑަސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 13 އަހަރުގެ އިންތިޒާރަކަށްފަހު ބުރާސްފަތި ދުވަހު ނެރުނު މި ގޭމުގެ ޕްރީ-އޯޑަރުތަކާއި ފުރަތަމަ ދުވަހުގެ ވިޔަފާރިން 24.5 މިލިއަން ކޮޕީއަށްވުރެ ގިނައިން ވިކިފައިވެއެވެ.

މި ގޭމުގެ 212 ޖީބީގެ ބޮޑު ފައިލް ޑައުންލޯޑްކުރުމަށް ގިނަ ބަޔަކު އެއްފަހަރާ މަސައްކަތްކުރުމުގެ ސަބަބުން، އިންޓަނެޓް ކުންފުނިތަކުގެ ޓްރެފިކްވެސް ރެކޯޑު މިންވަރަކަށް މައްޗަށް ގޮސްފައިވެއެވެ.

މިހާތަނަށް ކޮންސޯލްތަކަށް އެކަނި ނެރެފައިވާ މި ގޭމުގެ ކޮމްޕިއުޓަރު ވާޝަނާއި މަލްޓިޕްލޭޔާ ބައި ނެރޭނެ ތާރީޚެއް ރޮކްސްޓާއިން އަދި އިޢުލާނުކޮށްފައެއް ނުވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް