އީރާނުގެ މައްސަލައިގައި ޗައިނާ އަދި ރަޝިޔާގެ އެހީތެރިކަމެއް އެމެރިކާއަށް ބޭނުމެއް ނުވޭ: ޓްރަމްޕް

އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިން ބަލިކޮށް، އެ ޤައުމުގެ މިސައިލް ބާރު ގާތްގަނޑަކަށް 12 ނުވަތަ 13 އިންސައްތައަށް ދަށްކޮށްފައިވާ ކަމަށް ވިދާޅުވެ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޗައިނާ ނުވަތަ ރަޝިޔާގެ އެހީތެރިކަން އެމެރިކާއަށް ބޭނުން ނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޗައިނާ އާއި ރަޝިޔާގެ އެހީތެރިކަން ހޯދަވާނެތޯ ކުރި ސުވާލަކަށް ޓްރަމްޕް ޖަވާބުދެއްވީ، "އަހަރުމެންނަށް އެއްވެސް އެހީތެރިކަމެއް ބޭނުން ނުވާނެ" ކަމަށެވެ.

މި އިންޓަވިއު ދެއްވީ ޗައިނާގެ ޝެންޒެންގައި ރައީސް ޝީ ޖިންޕިންގ އާއި ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިންއާއެކު ބޭއްވެވި ތިން ފަރާތުގެ ބައްދަލުވުމުގެ ކުރިންނެވެ.

އީރާނުގެ ވައިގެ ދިފާއީ ނިޒާމުތައްވެސް އެމެރިކާގެ ސިފައިން ބަލިކޮށްލާފައިވާ ކަމަށާއި، އެ ޤައުމުގެ އޮފިޝަލުން މިހާރު އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އަދި ހޮރްމުޒް ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ އަސްކަރިއްޔާއަށް ލިބިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް