ހޯރްމުޒް ކަނޑުއޮޅި ސަރަހައްދުގައި އެމެރިކާގެ އިތުރު ޑްރޯނެއް އީރާނުން ވައްޓާލައިފި

ހޯރްމުޒް ކަނޑުއޮޅީގައި އޮންނަ ޤެޝްމް ޖަޒީރާގެ ކައިރިން އުދުހެމުން ދިޔަ އެމެރިކާ އަސްކަރިއްޔާގެ އެމްކިއު-1 މަރުކާގެ ޖާސޫސީ ޑްރޯނެއް ވައިގެ ދިފާއީ ނިޒާމެއް ބޭނުންކޮށްގެން ވައްޓާލާފައިވާ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ބުނެފިއެވެ.

އައިއާރްޖީސީއިން ހާމަކުރި ގޮތުގައި، ޤެޝްމް ޖަޒީރާގެ މަތިން އެ ޑްރޯން ފާހަގަކުރެވުމާއެކު ވައިގެ ދިފާއީ ނިޒާމުން ހަމަލާދީ އެ ޑްރޯން ވަނީ ވައްޓާލާފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައި އީރާނުން ވައްޓާލި 17 ވަނަ އެމްކިއު-1 ޑްރޯން ކަމަށް ބުނެވެއެވެ.

މީގެ އިތުރުން، ހުކުރު ދުވަހު ވެސް ހުރުމުޒްގާން ޕްރޮވިންސްގެ ސިރީކްގެ އައްސޭރިފަށު ސަރަހައްދުން އެމްކިއު-1 މަރުކާގެ އެމެރިކާގެ އިތުރު ޑްރޯނެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ ސިފައިން ވަނީ ބުނެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް