ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާއިން ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ސެމީފައިނަލް މެޗުގައި ބޫޓާން 2-1 އިން ބަލިކޮށް، އިންޑިއާއިން ޖެހިޖެހިގެން 10 ވަނަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ޑާކާގެ ނޭޝަނަލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ދެވަނަ ހާފުގައި ބޫޓާނުން ޖެހި ލަނޑު ރަނގަޅު ލަނޑެއްތޯ ބެލުމަށް ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދާފައެވެ. ސާފްގެ ތާރީޚުގައި ވީއޭއާރް ބޭނުންކުރި ފުރަތަމަ ފަހަރަކީ މިއީއެވެ.

އިންޑިއާއަކީ ރާއްޖެ ހިމެނުނު ގްރޫޕް ބީގެ އެއްވަނަ ޓީމެވެ. ގްރޫޕް މަރުހަލާގައި ޕާކިސްތާން 3-2 އިން ބަލިކުރި އިންޑިއާއިން ރާއްޖެ ބަލިކުރީ 1-0 އިންނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށި އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޤައުމަކީ ވެސް އިންޑިއާއެވެ. އިންޑިއާއިން މި މުބާރާތް ވަނީ 9 ފަހަރު ކާމިޔާބުކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް