މިދިޔަ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުން ޖަޕާން ކަޓުވާލި ބްރެޒިލް، ސިންގަޕޫރުގައި މިއަދު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ފަހު ވަގުތު ޖެހި ލަނޑަކާއެކު 3-2 އިން ބަލިކޮށް، ޖަޕާނުން ބަދަލު ހިފައިފިއެވެ.
މެޗުގެ ފުރަތަމަ 19 މިނެޓުގެ ތެރޭގައި ޖަޕާނުން ދެ ލަނޑުގެ ލީޑެއް ނެގިއެވެ. ޖަޕާނަށް ލަނޑުތައް ޖަހައިދިނީ ޓަކެފޫސާ ކޫބޯއާއި ނަކަމޫރާއެވެ.
އޭގެ ފަހުން ރެއާލް މެޑްރިޑްގެ ތަރި ވިނީޝިއަސް ޖޫނިއާ ވަނީ ދެ ލަނޑު ޖަހައި، ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ނަމަވެސް އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކޮވެންޓްރީ ސިޓީގެ ޓަޓްސުހީރޯ ސަކަމޯޓޯ ޖެހި ލަނޑާއެކު ޖަޕާން މޮޅުވިއެވެ. މި ލަނޑު ޖެހުމުގެ ކުރިން ފައުލެއް ކުރި ކަމަށް ބުނެ ބްރެޒިލްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އިހުތިޖާޖުކުރިއެވެ.
އެ ހަމަނުޖެހުމުގެ ތެރޭގައި ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީއާއި، ރަފީނިއާއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފައެވެ. މިއީ ފަހަކަށް އައިސް ބްރެޒިލްގެ މައްޗަށް ޖަޕާނުން ހޯދި ދެވަނަ މޮޅެވެ.





