މައިކްރޯސޮފްޓްގެ ޚިދުމަތްތަކަށް މައްސަލައެއް ދިމާވެ، އިންޑިގޯ އެއާލައިނަށް އަސަރުކޮށްފި

މައިކްރޯސޮފްޓް 365 ގެ ކްލައުޑް ޚިދުމަތްތަކަށް ބޮޑު މައްސަލައެއް ދިމާވުމުގެ ސަބަބުން، އިންޑިއާގެ އެއާ އިންޑިއާ އާއި އިންޑިގޯ އެއާލައިންގެ ކަސްޓަމަރުންނާ މުއާމަލާތްކުރުމަށް ބޭނުންކުރާ ނިޒާމުތަކަށް ބުރޫއަރައިފިއެވެ.

މައިކްރޯސޮފްޓްގެ ޚިދުމަތްތަކަށް ދިމާވި މި މައްސަލައިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

ޚިދުމަތްތައް އާދައިގެ ހާލަތަށް ގެނައުމުގެ މަސައްކަތް މައިކްރޯސޮފްޓުން ދަނީ ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް