ސާފް ޗެމްޕިއަންޝިޕް 2026 ގެ ސެމީ ފައިނަލުގައި މުބާރާތް ބާއްވާ ބަންގްލަދޭޝް 1-0 ގެ ނަތީޖާއަކުން ބަލިކޮށް، ޕާކިސްތާނުން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޑާކާގެ ނެޝަނަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު ފޯރިގަދަ ސެމީ ފައިނަލްގެ ހަމައެކަނި ލަނޑު ޕާކިސްތާނަށް ކާމިޔާބުކޮށްދިނީ މެޗުގެ ފަހު މިނެޓުތަކުގައި އަބްދުލް އަރްޝަދެވެ.
މި ނަތީޖާއާއެކު 23 އަހަރަށްފަހު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ބަންގްލަދޭޝްއިން ކުރި މަސައްކަތް ނިމުނީ ހިތްދަތި ގޮތަކަށެވެ. ބަންގްލަދޭޝްއިން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2003 ވަނަ އަހަރުއެވެ.
އަންނަ އަންގާރަ ދުވަހު ކުޅޭ ފައިނަލުގައި ޕާކިސްތާން ބައްދަލުކުރާނީ ޖެހިޖެހިގެން 10 ވަނަ ފަހަރަށް ފައިނަލަށް ދިޔަ އިންޑިއާއާއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދެ ޓީމު ބައްދަލުކުރި މެޗުން އިންޑިއާއިން ވަނީ 3-2 ގެ ނަތީޖާއަކުން ޕާކިސްތާން ބަލިކޮށްފައެވެ.





