ސުލްހައިގެ ހުށަހެޅުންތައް ބަލައިނުގަނެ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އޮތީ ލައިފް ސަޕޯޓުގައި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އީރާނުން ހުށަހެޅި އެންމެ ފަހުގެ ހުށަހެޅުންތަކަކީ "އެއްގޮތަކަށްވެސް ބަލައިގަނެވޭނެ" ކަންތައްތަކެއް ނޫން ކަމަށް ވިދާޅުވެ، އެ ގައުމާއެކު އޮތް އެއްބަސްވުން މިހާރު އޮތީ "ލައިފް ސަޕޯޓްގައި" ކަމަށް ރައީސް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.

ނިއުކްލިއަރ މައްސަލައިގައި އީރާނުން އެދެވޭ ފަދަ ދޫތަކެއް ދީފައި ނުވާތީ އެކަމަށް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ދެމިއޮތުމުގެ ފުރުސަތު އޮތީ ގާތްގަނޑަކަށް އެންމެ އިންސައްތައެއްގައި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން، އީރާނުން ހުށަހެޅީ ހޯރްމުޒް ކަނޑުއޮޅި މަޑުމަޑުން އަލުން ހުޅުވާލުމުގެ ބަދަލުގައި، އެ ގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކަނޑުގެ މަގުން ދީފައިވާ ބްލޮކޭޑް އުވާލުމަށެވެ.

ނަމަވެސް، އެ ގައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭގޮތުން އެމެރިކާގެ މައިގަނޑު ޝަރުތުތަކަށް އީރާނުގެ ހުށަހެޅުމުގައި އެއްވެސް މިންވަރަކަށް އިޖާބަދީފައެއް ނުވެއެވެ.

ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާ މި ދަނޑިވަޅުގައި، އެއް މަސް ދުވަސްވީ މި ނާޒުކު ސުލްހައިގެ އެއްބަސްވުން މިހާރު ވަނީ އުވުމުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

 

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް