ޑްރޯނުން ބޭސް އުފުލުމުގެ ޓެސްޓު އަންނަ އަހަރު ކުރަނީ: ސްޓޭޓް ފާމާ

ރާއްޖޭގެ އެއް ތަނުން އަނެއް ތަނަށް ބޭސް އުފުލުމަށް ޑްރޯން ބޭނުންކުރުމުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ޓެސްޓު، އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ކުރުމަށް އަމާޒުކޮށްފައިވާ ކަމަށް ސްޓޭޓް ފާމާގެ ޗީފް ކޮމާޝަލް އޮފިސަރު އަޙްމަދު އިމާދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ހުންނަ ސްޓޭޓް ފާމާގެ މައި ބޭސް ގުދަނުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިމާދު ވިދާޅުވީ، މި ޕްރޮޖެކްޓުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި، ޓެސްޓުކުރުމަށްފަހު އޭގެ ނަތީޖާއަށް ބަލައި މި ޚިދުމަތް ރާއްޖޭގެ ބޮޑު ބައެއްގެ ރަށްރަށަށް ފުޅާކުރުމަށް ރާވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލަން ޑްރޯންތައް ބޭނުންކުރަން. އަޅުގަނޑުމެން ބަލަމުން މިދަނީ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ބޭސް އެއްތަނުން އަނެއްތަނަށް ފޯރުކޮށްދޭން،" އިމާދު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް