ހުޅުމާލޭ ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މަރާމާތަށް ބަންދުކުރަނީ

ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ މަގުތައް ހަދައި މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، ނިރޮޅުމަގު ގޯޅި 15 އާއި ކާނިމަގު ގުޅޭ ކަންމަތި މި މަހުގެ 15 އިން 18 އަށް ވަގުތީގޮތުން ބަންދުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މި ދުވަސްތަކުގައި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 22:00 އާ ހަމައަށް ކަމަށެވެ.

މަސައްކަތް ކުރިއަށްދާއިރު، ކޮންމެވެސް ވަރަކަށް އަޑުގަދަވުމާއި، ރޯލަރުގެ ވައިބްރޭޝަން އިހުސާސްވުމާއި، ހިރަފުސް އެރުން އެކަށީގެންވާ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ. އެހެންކަމުން، އެ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކާއި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ.

މި މަސައްކަތުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދި އެޗްޑީސީން، މި މުހިންމު މަސައްކަތުގައި އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް