ޕިއޯ އެސްޕޮސިޓޯގެ ދެ ލަނޑާއެކު ފްރާންސް ބަލިކޮށް، އިޓަލީ ގްރޫޕުގެ އެއްވަނައަށް

ޔުއެފާ ނޭޝަންސް ލީގުގައި މިލާނުގެ ސެން ސީރޯގައި ކުޅުނު މެޗުގައި ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން ގްރޫޕް އޭ ގެ އެއްވަނަ މަގާމު ހޯދައިފިއެވެ. މި މޮޅާއެކު ކުޅުނު ފަސް މެޗުން އިޓަލީއަށާއި ފްރާންސަށް 10 ޕޮއިންޓް ލިބިފައިވާއިރު، ފައިދާ ގޯލުން ކުރި ލިބެނީ އިޓަލީއަށެވެ. އެ ގްރޫޕުގެ ތިންވަނައިގައި 9 ޕޮއިންޓާއެކު ބެލްޖިއަމް އޮތްއިރު، ފުލުގައި އޮތީ ތުރުކީއެވެ.

މެޗުގެ 10 ވަނަ މިނެޓުގައި މައިކަލް އޮލީސޭގެ ލަނޑުން ފްރާންސުން ފުރަތަމަ ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރެންޗެސްކޯ ޕިއޯ އެސްޕޮސިޓޯ ވަނީ އިޓަލީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ދެވަނަ ހާފުގައި އިޓަލީގެ ސެބަސްޓިއާނޯ އެސްޕޮސިޓޯ ފޮނުވާލި ޕެނަލްޓީއެއް ބޭރަށް ދިޔަ ނަމަވެސް، އޭގެ ތިން މިނެޓު ފަހުން ޑާވިޑޭ ފްރަޓޭސީ ވަނީ ލަނޑެއް ޖަހައި އިޓަލީއަށް ލީޑު ހޯދައިދީފައެވެ. އަދި އޭގެ ފަހުން ލިބުނު ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށް، ޕިއޯ އެސްޕޮސިޓޯ ވަނީ އޭނާގެ ދެވަނަ ލަނޑާއެކު އިޓަލީއަށް މޮޅު ކަށަވަރުކޮށްދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް