އަނިޔާގެ ސަބަބުން އިޓަލީ މެޗު އެމްބާޕޭއަށް ގެއްލޭނެ

ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން، ޔުއެފާ ނޭޝަންސް ލީގުގައި މިރޭ އިޓަލީއާ ދެކޮޅަށް ފްރާންސުން ކުޅޭ މެޗު، އެޓީމުގެ ކެޕްޓަން ކިލިއަން އެމްބާޕޭއަށް ގެއްލޭނެ ކަމަށް ފްރާންސްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

މި މެޗު އޮންނާނީ އިޓަލީގެ މިލާނުގައި ހުންނަ ސެން ސީރޯގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތް ފްރާންސަށް، މި މެޗުން މޮޅުވެއްޖެނަމަ ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރެވޭނެއެވެ.

ޒިދާން ބުނީ، އެމްބާޕޭއަށް ކޮންމެވެސް ވަރަކަށް ތަދު އިހުސާސްކުރެވޭތީ، ރިސްކް ނުނަގަން ނިންމީ ކަމަށެވެ. "އޭނާ ނެތްތައް ދައްކާނެ. އެކަމަކު އެއީ ކުރިމަތިލާން ޖެހޭ ކަމެއް. އަހަރެން އުންމީދުކުރަނީ އެއީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް،" ޒިދާން ބުންޏެވެ.

ފްރާންސުން ދެން ކުޅޭނީ ތުރުކީއާ ދެކޮޅަށް ކަމަށާއި، އެ މެޗުގައި އެމްބާޕޭއަށް ކުޅެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ޒިދާން ބުންޏެވެ.

ނޭޝަންސް ލީގުގެ ގްރޫޕުގައި ފްރާންސުން މިހާތަނަށް ކުޅުނު ހަތަރު މެޗުން ތިން މެޗު ކާމިޔާބުކޮށްފައިވާއިރު، އެއްވަރުވެފައިވަނީ އިޓަލީއާ ކުޅުނު މެޗުންނެވެ. އެ މެޗު ނިމުނީ 1-1 އިންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް