ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިން ފޯރުކޮށްދެނީ ވެރިފަރާތުން، ފައިދާ ލިބެނީ ދެ ފަރާތަށް: ނަޝީދު

ރެސިޑެންސީ ޕްރޮގްރާމްތަކުގައި ޑިވެލޮޕަރު އިންވެސްޓްމަންޓް ހަމަޖައްސާއިރު ބިމުގެ ވެރިފަރާތުން ފޯރުކޮށްދެނީ ބިން ކަމަށާއި، އެތަންތަން ވިއްކުމުން ލިބޭ ފައިދާ ދެ ފަރާތަށް ލިބޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ، ގިނަ ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ ހިލޭ ލިބޭ އެއްޗެއް ނޫން ކަމަށާއި، ބިމުގެ ވެރިފަރާތާއި ޑިވެލޮޕަރާ ދެމެދު އެއްބަސްވުމެއް ހަދަނީ އެތަނުގައި ތަރައްގީކުރާ ރެސިޑެންސީ ވިއްކުމަށް ކަމަށެވެ.

"އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ގިނަ ރެސިޑެންސީ ޕްރޮގްރާމްތަކުގައި ބިމަކީ އެއްގޮތަކަށްވެސް ހިލޭ ލިބޭ އެއްޗެއް ނޫން. ޑިވެލޮޕަރު އިންވެސްޓްމަންޓް ކެޕިޓަލް ހަމަޖައްސާއިރު، ބިމުގެ ވެރިފަރާތުން ފޯރުކޮށްދެނީ ބިން. އަދި ރެސިޑެންސީ ވިއްކާލުމުން، ދެ ފަރާތަށްވެސް އޭގެ ފައިދާ ލިބޭ،" ނަޝީދު ލިޔުއްވާފައިވެއެވެ.

ނަޝީދުގެ މި ވާހަކަފުޅު އައީ، ރަސްމާލެ މަޝްރޫއު އީގަލް ހިލްސްއަށް ދޭން އުޅޭތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް