ކުރިން ކިލޯއެއް 25 ރުފިޔާ ވަރަކަށް ލިބެމުން އައި ކެރެޓުގެ އަގު މާލޭ ބާޒާރުގައި ބޮޑަށް އުފުލި، ބައެއް ފިހާރަތަކުގައި ކިލޯއެއްގެ އަގު 100 ރުފިޔާއިން މައްޗަށް އަރާފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލަށް ބަލާއިރު، ބައެއް ފިހާރަތަކުން ކެރެޓު ކިލޯއެއް ލިބެނީ 25 ރުފިޔާއާއި 66 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.
މާލޭ ބާޒާރުގައި މިވަގުތު ކެރެޓު އެންމެ އަގުހެޔޮކޮށް ވިއްކަނީ އެސްޓީއޯ ސުޕަމާޓުންނެވެ. އެސްޓީއޯއިން ކެރެޓު ކިލޯއެއް ވިއްކަނީ 20 ރުފިޔާއަށެވެ.





