ހުޅުމާލެ ފޭސް 2 ކައިރިން މިރޭ 7 މިނެޓަށް ހަވާ އަރުވަނީ

ހުޅުމާލެ ފޭސް 2 ގެ އިރުމަތީ ފަރާތުގެ ކަނޑުގައި މިރޭ ހަވާ އަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، ހަވާ އަރުވަނީ ޕްރައިވެޓް އިވެންޓަކާ ގުޅިގެންނެވެ.

ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 19:30 އާއި 21:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށާއި، ހަވާ އެރުވުން ކުރިއަށްދާނީ ގާތްގަނޑަކަށް 7 މިނެޓު ހާއިރު ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް