ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 1.32 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށާއި، އަތުލައިގަތް މަސްތުވާތަކެތީގެ އަގު 1.4 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ދާހިލީ ވުޒާރާއިން ނެރުނު ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދާހިލީ ވުޒާރާއިން މިއަދު ނެރުނު ތަފާސްހިސާބުތަކުގައިވާ ގޮތުން، މި މުއްދަތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް 508 އޮޕަރޭޝަން ހިންގާފައިވާއިރު، 16،852 ބަނގުރާ ފުޅި ވެސް ވަނީ އަތުލައިގެންފައެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗާ ގުޅުންހުރި 11 ތަނެއް ބަންދުކޮށްފައިވާއިރު، މަސްތުވާތަކެއްޗާ ގުޅުންހުރި މާލީ ކުށްތަކާއި މަނީ ލޯންޑަރިންގެ ތަހުގީގުތައް ވެސް ކަމާބެހޭ ފަރާތްތަކުން ކުރިއަށް ގެންގޮސްފައިވެއެވެ.
މަސްތުވާތަކެތި ގަނެވިއްކާ ފަރާތްތައް ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކުން ގިނަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންދާއިރު، މަސްތުވާތަކެއްޗާ ގުޅޭ ކުށްތަކަށް ދެވޭ އަދަބުތައް ހަރުކަށިކުރުމުގެ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުތަކަށް 7 މާރިޗު 2026 އިން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ.





