ކޮޕް31 ގައި ބައިވެރިވާ ދިވެހި ވަފުދާ ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ކޮންފަރެންސް (ކޮޕް31) ގައި ބައިވެރިވާ ދިވެހި ވަފުދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކޮޕް31 ގެ ހަވާސާގައި ރާއްޖެއިން އިސްކަންދޭ މޫސުމާ ގުޅޭ މުހިންމު ކަންކަން ކުރިއެރުވުމަށް ދިވެހި ވަފުދުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ކޮންފަރެންސްގައި ދިވެހި ވަފުދުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރަމުން ދަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް (ސިޑްސް) ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން އިތުރުކުރުމަށާއި، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ބާރުއަޅަމުންނެވެ.

އަދި ރާއްޖެ ފަދަ ނާޒުކު ތިމާވެއްޓެއް އޮތް ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށްވެސް ދިވެހި ވަފުދުން ދަނީ ވަކާލާތުކުރަމުންނެވެ.

ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ވަފުދުގެ މަސައްކަތްތައް ފާހަގަކުރައްވައި، ވަފުދުގެ ބޭފުޅުންނަށް ހިތްވަރު ދެއްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް