ގެއްލިގެން ހޯދަމުންދިޔަ އާދަމް އިކްރާމް ހުޅުމާލެއިން ފެނިއްޖެ، ހާލު ރަނގަޅު

ގެއްލިގެން ހޯދަމުންދިޔަ ހއ. ދިއްދޫ، އާލިޔާ، އާދަމް އިކްރާމް (32) ހުޅުމާލެއިން ފެނިފައިވާ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އިކްރާމް ހުޅުމާލެއިން ފެނިފައިވަނީ މިއަދު ކަމަށާއި، އޭނާ ގެއްލުނު މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާ ކަމަށެވެ.

ފުލުހުން ކުރިން މައުލޫމާތު ދިން ގޮތުގައި، އިކްރާމްގެ ހަބަރެއް އާއިލާއަށް އެންމެ ފަހުން ވެފައިވަނީ ނޮވެންބަރު 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ. އޭގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވުމުން، އާއިލާގެ ފަރާތުން ވަނީ މިކަން ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.

އިކްރާމް ހޯދުމަށް ފުލުހުން ކުރި މަސައްކަތުން އޭނާ ނުފެނުމުން، އިއްޔެ ވަނީ އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް