ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ޓްރެފިކްކޮށް ސްމަގްލްކުރި ތުހުމަތުގައި ހައްޔަރުކުރި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ނަޒްމުލް ހައްގް އެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށް އޭނާ ކުރިކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާތީއެވެ. އެގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައްސަލަ ހުށަހަޅާ ފޯމާއި، ކޮންޓްރޯލް ޑެލިވަރީ ހިންގުމުގެ ހުއްދައާއި، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނުގެ އިތުރުން، އޭނާގެ ކުޑަކަމުދާތަކެތީގެ ވަގުތީ ނަތީޖާ ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށާއި، އޭނާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.

ކޯޓުން ޖެހި ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 27 ގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް