ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކުރުމުގައި ޗައިނާ އަބަދުވެސް ރާއްޖެއާއެކު އޮންނާނެ: ސަފީރު ކޮންގް

ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ޤައުމީ ކަރާމާތް ރައްކާތެރިކުރުމުގައި ޗައިނާއިން އަބަދުވެސް ސާބިތުކަމާއެކު ރާއްޖެއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވެފައިވަނީ، ސަން ޔަޓް-ސެންގެ 160 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބެއިޖިންގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ދެއްކެވި ވާހަކަފުޅާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރާއްޖޭގެ ޤައުމީ ހާލަތާ އެކަށީގެންވާ ތަރައްޤީގެ މަގެއް އިޚްތިޔާރުކޮށްގެން ކުރިއަށް ދިއުމަށް ރާއްޖެއިން ކުރާ މަސައްކަތްތަކަށްވެސް ޗައިނާގެ ތާއީދު އޮންނާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވުމަކީ ރާއްޖޭގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ވަގުތެއް ކަމަށާއި، ޖުމްހޫރީ ދުވަހަކީ ޤައުމުގެ މާޒީއާއި، މިނިވަންކަމާއި، ސިޔާދަތުގެ އިތުރުން މުސްތަޤުބަލަށް ކުރާ އުންމީދުތަކާ މެދު ވިސްނާލުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި އެއްބާރުލުން އިތުރަށް ވަރުގަދަކޮށް، ގުޅިގެން ތަރައްޤީ ހާސިލުކުރުމަށް ޗައިނާ ތައްޔާރަށް އޮތް ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

ރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރީ އިއްޔެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް