ހުޅުމާލެ ފޭސް 2 ފްލެޓްތަކެއް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރެއްގެ ބިލްބޯޑަކުން ދަންވަރުގެ ވަގުތެއްގައި ބަރަހަނާ މަންޒަރު ދެއްކި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ސޯޝަލް މީޑިއާގައި މި މައްސަލަ އާންމުވެފައިވާއިރު، ފުލުހުން ބުނީ މިކަން ރިޕޯޓުކޮށްފައިވަނީ ދަންވަރު 03:23 ހާއިރު ކަމަށެވެ. އެގޮތުން ވިނަރެސް 3 ގައި ހުންނަ ފިހާރައެއްގެ ބިލްބޯޑަކުން/ސްކްރީނަކުން ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެއް އަޅުވާފައި ހުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިފަދަ ކަމެއް ދިމާވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ރާއްޖޭގެ ޤާނޫނު އޮންނަ ގޮތުން ބަރަހަނާ ތަކެތި ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުން ނުވަތަ ފެތުރުމަކީ ބޮޑެތި އަދަބުތައް ލިބޭ ކުށެކެވެ. މިފަދަ ކުށެއްގައި ނުވަ މަހާއި ދެ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް