ދަނގެތި ބަނދަރު މަޝްރޫޢު: ތޮށިގަނޑު ބްލޮކްތަކުގެ 6 ވަނަ ޝިޕްމަންޓް ގެންގޮޮސްފި

އދ. ދަނގެތީ ބަނދަރު ތަރައްޤީކޮށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރު ތޮށިގަނޑު (ކުއޭ ވޯލް) ޖެހުމަށް ބޭނުންވާ ބްލޮކްތަކުގެ 6 ވަނަ ޝިޕްމަންޓް މިއަދު އެ ރަށު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ އެކި ރަށްރަށުގައި ލަފާފުރުމުގެ ދަތިކަން ހައްލުކޮށް، އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަރަށް ޚާއްޞަ އިސްކަމެއްދީގެން ކުރިއަށްގެންދާ މުހިންމު ޤައުމީ ތަރައްޤީގެ މަޝްރޫޢެކެވެ.

އެމްޓީސީސީ އިން ބުނީ ިމި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް މިހާރު ވެސް ހަލުވިކަމާއެކު ކުރިއަށްދާއިރު، ސައިޓުގައި މިވަގުތު ކުރިއަށްދަނީ ކުއޭ ވޯލް ލައިން ޑްރެޖިންގް (ތޮށިގަނޑު ލުމަށްޓަކައި ކަނޑުގެ ސަރަހައްދު ފުންކުރުމުގެ މަސައްކަތް) އާއި، ތޮށިގަނޑަށް ބޭނުންވާ ބްލޮކްތައް ހަރުކުރުމުގެ ޢަމަލީ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިމިގެންދިޔުމާއެކު، ދަނގެތީ މަސްވެރިންނަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަދި އާންމު ރައްޔިތުންނަށް އޮޑިދޯނިފަހަރު ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

މިފަދަ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ އިޤްތިޞާދީ ދުވެލި ހަލުވިވެ، މުދާ އުފުލުމާއި ދަތުރުފަތުރުކުރުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް