މީގެ އިތުރުން، 434 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 1،565 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ރީތިކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާއިރު، ރަށުގެ މަގުތަކާއި ނެރު ސަރަހައްދު އަލިކުރުމަށް މަގުބައްތިއާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫއު މުޅިން ނިމިގެންދާއިރު، ބިލެތްފަހީގެ ކަނޑުދަތުރުކުރާ ފަރާތްތަކަށާއި މުޅި ރަށުގެ އިގްތިސާދީ ތަރައްގީއަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވޭއިރު، މިއީ ރަށްރަށުގެ ބަނދަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ.Project Update: Design and Build of Harbor Upgrade in Sh. Bilehfahi Channel breakwater dismantling and reprofiling works are ongoing. Follow more updates at: https://t.co/RjAFCf3rnI#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/MioAiKlrR8
— MTCC Plc (@MTCCPlc) October 1, 2026

ށ. ބިލެތްފަހީގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ވަރަށް ބާރުމުވެެއްގައި ކުރިއަށްދާކަމަށް އެ ކުންފުނިން ހާމަކޮށްފައިވާއިރު، މި މަޝްރޫއުގެ މިހާރުގެ ޖުމްލަ ކުރިއެރުން ވަނީ 94 އިންސައްތައަށް އަރާފައެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަތައް ހާމަކުރަމުން އެމްޓީސީސީން ބުނީ، މިވަގުތު ސައިޓުގައި ކުރިއަށްދަނީ ނެރުގެ ބްރޭކްވޯޓާ ނެގުމަށްފަހު އެ ސަރަހައްދު އަލުން އެއްވަރުކޮށް، މަރާމާތު ކުރުމުގެ އެންމެ ފަހުގެ މުހިންމު މަސައްކަތްތައް ކަމަށެވެ. ސަރުކާރުގެ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ޖުމްލަ 28.42 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




