ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ޑިޖިޓަލް ޓެކްނޮލޮޖީ އާއި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ޚިދުމަތްތަކާއެކު ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފެންވަރުގެ އެއްވަނަ މަންޒިލަކަށް ދިވެހިރާއްޖެ ހެދުމުގައި ހިއްސާވާ އެންމެހައި ފަރާތްތަކަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. މިނޫންވެސް މީސްމީޑިއާގައި ޙިއްސާކުރެއްވި މެސެޖުގައި، ރާއްޖެއަކީ މުޅި ދުނިޔޭގެ މަޤުބޫލު މަންޒިލަކަށް ހެދުމަށް ރައްޔިތުންނާއި، މުޖުތަމަޢުތަކާއި، އަދި މި ސިނާޢަތުގެ ބައިވެރިން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވައި އެފަރާތްތަކަށް ތަޢުރީފު ޙައްޤުވާ ކަމަށް ވިދާޅުވިއެވެ.
On #WorldTourismDay, we applaud the people, communities and our partners in the industry, who have made the Maldives a leading global destination.
Tourism remains a driving force behind our nation's development and global connections. As digital technologies and AI transform… pic.twitter.com/iVHpuLTNg2
— Dr Mohamed Muizzu (@MMuizzu) September 27, 2026
ފަތުރުވެރިކަމަކީ ރާއްޖޭގެ ތަރައްޤީގެ މައި ތަނބުގެ އިތުރުން މުޅި ދުނިޔެއާ ރާއްޖެ ގުޅުވައިދޭ މައިގަނޑު ބާރު ކަމަށާއި، ޑިޖިޓަލް ޓެކްނޮލޮޖީ އާއި އޭއައިގެ ސަބަބުން މި ސިނާޢަތަށް އަންނަމުންދާ ބޮޑެތި ބަދަލުތަކަށް ހޭނި، އާ އީޖާދުތަކާއެކު ކުރިއަރައި ދިއުމުގައި ރާއްޖެއިން އިސްނަގަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންގެ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި އާ އީޖާދުތައް ބަލައިގަނެ، ހުނަރުތައް ތަރައްޤީކުރުމަށާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ހިފުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ޑިޖިޓަލް ޒަމާނުގެ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުންދާއިރު، ރާއްޖެއަށް ޚާއްޞަ ޤުދުރަތީ ރީތިކަމާއި، އަޙުލުވެރިންގެ މެހެމާންދާރީ އަދި ދިވެހި އަމިއްލވަންތަކަން ހިމާޔަތަށް ދެމެހެއްޓުމުގައި އެންމެން އެކުއެކީގައި ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.





