ކުޅުދުއްފުށި ޕޯޓް

ކުޅުދުއްފުށީ ޕޯޓް ކުންފުންޏަށް މިދިޔަ އަހަރު ޖުމުލަ 12.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާއިރު، އެ ކުންފުނީގެ މުސާރައާއި އުޖޫރައަށް އެކަނިވެސް 13.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އޮޑިޓް އޮފީހުގެ ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު ބަނދަރުގެ ޚިދުމަތްތަކުން އެ ކުންފުންޏަށް 11.99 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު، ކުލީގެ ގޮތުގައި އިތުރު 1.52 މިލިއަން ރުފިޔާ ލިބިފައިވެއެވެ. 2024 ވަނަ އަހަރު މުސާރައަށް 13.1 މިލިއަން ރުފިޔާ ޚަރަދުކޮށް 11.3 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާއިރު، އަޅާބަލާއިރު މިދިޔަ އަހަރު ކުންފުނީގެ ގެއްލުން ވަނީ އިތުރުވެފައެވެ.

ޖުލައި 2009 ގައި ރިޔާސީ ގަރާރަކުން އުފެއްދި ކުޅުދުއްފުށީ ޕޯޓް ލިމިޓެޑަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ކުޅުދުއްފުށީ ސަރަހައްދީ ބަނދަރު ބަލަހައްޓައި އޮޕަރޭޓްކުރާ ކުންފުންޏެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް