ސިނަމާލެ ބްރިޖު މަތިން ފުންމާލި މީހާ އެމްއެންޑީއެފްގެ ކޯސްޓުގާޑުން ސަލާމަތް ކުރަނީ--- ފޮޓޯ: އެމްއެންޑީއެފް

ސިނަމާލެ ބުރިޖުމަތިން ކަނޑަށް ފުންމާލުމުން އެމްއެންޑީއެފް ކޯސްޓްގާޑުން ސަލާމަތްކުރި ބަންގްލަދޭޝްގެ 31 އަހަރުގެ މީހާ ޝަރުތަކާ ނުލައި ދޫކޮށްލުމަށާއި، އޭނާއަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަންގައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގި މި ހާދިސާއަށްފަހު، އަމިއްލަ ނަފުސަށް ގެއްލުން ދޭން އުޅުނު ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ކޯޓުން ފުރަތަމަ ދިނީ 5 ދުވަހުގެ ބަންދެކެވެ. ނަމަވެސް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓަންޖެހޭ ގާނޫނީ ސަބަބެއް ނެތުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ.

ކޯޓު އަމުރުގައި ވަނީ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އޭނާއަށް ނަފުސާނީ އެހީ ފޯރުކޮށްދިނުމަށް ފުލުހުންނަށް އަންގާފައެވެ. އަދި އޭނާ ރާއްޖެއިން ފުރުވާލުމަށް އިމިގްރޭޝަނާ ހަވާލުކުރުމަށް ފުރިހަމަކުރަންޖެހޭ އިޖުރާތްތައް ކުރިއަށްގެންދިއުމަށް ހުރަހެއް ނެތް ކަމަށްވެސް ކޯޓުން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް