ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެންބަރު ގައުމަކަށް ވާންޖެހޭ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމެރިކާގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ގަތުލުއާންމާއި ހަނގުރާމަވެރި ޖަރީމާތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.
އަދި އިޒްރޭލުން ސަރަހައްދީ ގައުމުތަކަށް ދޭ ހަމަލާތަކަކީ އެ ގައުމުތަކުގެ އިސްތިޤްލާލަށް އަރައިގަތުން ކަމަށާއި، އަމާންކަން ބިނާކުރެވޭނީ އެހެން ބަޔަކަށް ބިރުވެރިކަން ކުރިމަތިކުރުވައިގެން ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސްގެ ތަގުރީރުގައި ބައިނަލްއަގުވާމީ ގާނޫނުތައް އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ދައުލަތްތަކެއްގެ މައްޗަށް އެއް އުސޫލަކުން ހިނގަންޖެހޭނެ ކަމަށް ފާހަގަކުރެއްވިއެވެ. އަދި ފަލަސްޠީނަށް އިންސާނީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށާއި، އދ. ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ކޯޓުތަކުގެ ނިންމުންތަކަށް އިހުތިރާމްކޮށް ތަންފީޒުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.





