އެކްސިޑެންޓްގައި ނިޔާވި އަންހެން މީހާ

މާލޭގެ ސޯސަންމަގުގައި މިދިޔަ އާދީއްތަ ދުވަހުގެރޭ ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފެއް ކަމަށްވާ އާއިޝަތު މާހިދާ (26 އ) ނިޔާވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި، އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މާހިދާ ނިޔާވެފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. މި އެކްސިޑެންޓުގައި މާހިދާގެ އިތުރުން 21 އަހަރާއި 22 އަހަރުގެ ދެ ފިރިހެނުންނަށްވެސް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

މި އެކްސިޑެންޓްގައި ހިމެނޭ އެއް ސައިކަލު ދުއްވަން އިނީ ލައިސަންސް ނެތް 21 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް