ފޮރިން މިނިސްޓަރު އިރުތިޝާމް ޖެއިޝަންކަރާއި ބައްދަލުކުރެއްވުން

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައިފިއެވެ.

އިރުތިޝާމް، ޖައިޝަންކަރާ ބައްދަލުކުރެއްވީ އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަހަރުގެ މޭ މަހު އިރުތިޝާމް ވަނީ ޖައިޝަންކަރުގެ ދައުވަތަކަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވާފައެވެ. އެއީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިރުތިޝާމް ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ކުރިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު އިރުތިޝާމަކީ މި ސަރުކާރުގެ ތިންވަނަ ފޮރިން މިނިސްޓަރެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް