އަބްދުއްރަހީމް ޕާކިސްތާން އާމީގެ ޗީފް އޮފް ޑިފެންސް ފޯސް އާއި ބައްދަލުކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައިގެން ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ވަފުދެއް ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ޗީފް އޮފް ޑިފެންސް ފޯސް ފީލްޑް މާޝަލް ސައްޔިދު އަހުމަދު މުނީރުއާ ބައްދަލުކުރައްވައިފިއެވެ.

ޕާކިސްތާނުގެ ސިފައިންގެ ޖެނެރަލް ހެޑްކުއާޓާސްގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތު ހުރި ކަންކަމުގައި މަޝްވަރާކުރައްވައި، ސަރަހައްދީ ސަލާމަތާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

ޕީއެންސީގެ 15 މެންބަރުންގެ މައްޗަށް އެކުލެވޭ މި ވަފުދު ޕާކިސްތާނަށް ވަޑައިގަތީ މީގެ ތިން ދުވަސް ކުރިންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް