ބެލޫރަސް އާއި ރާއްޖެ ދެމެދު ވިސާ ނުލައި ދަތުރުކުރޭ އެއްބަސްވުމުގައި ސޮއިކުުރުން: ރާޢްޖެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެކްސިމް ރައިޒެންކޯ

އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސޮއިކުރެއްވިއިރު، ބެލަރޫސްގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެކްސިމް ރައިޒެންކޯވްއެވެ.

ބެލޫރަސް އާއި ރާއްޖެ ދެމެދު ވިސާ ނުލައި ދަތުރުކުރޭ އެއްބަސްވުމުގައި ސޮއިކުުރުން: ރާޢްޖެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެކްސިމް ރައިޒެންކޯ
ބެލޫރަސް އާއި ރާއްޖެ ދެމެދު ވިސާ ނުލައި ދަތުރުކުރޭ އެއްބަސްވުމުގައި ސޮއިކުުރުން: ރާޢްޖެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު މެކްސިމް ރައިޒެންކޯ

މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ރައްޔިތުންނަށް 30 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެއެވެ. އަދި އެއް އަހަރެއްގެ ތެރޭގައި އެކި ފަހަރު މަތިން ދަތުރުކުރާނަމަ، ގިނަވެގެން 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ތިބެވޭނެއެވެ. މިއީ ބެލަރޫސްގެ މެޑިކަލް ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންދާ 140 އެއްހާ ދިވެހި ދަރިވަރުންނަށާއި އެ ކުދިންގެ އާއިލާތަކަށް މީގެ ކުރިން ކުރިމަތިވި ވިސާގެ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމެކެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ފަތުރުވެރިކަމުގެ މޫސުމާ ދިމާކޮށް މިއަހަރުގެ ފަހުކޮޅު ބެލަރޫސްގެ ގައުމީ އެއާލައިން "ބެލާވިއާ" އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ވަނީ ނިންމާފައެވެ. މި ދަތުރުތަކާއެކު އަލަށް ކުރިއަރަމުން އަންނަ ބެލަރޫސްގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ދެ ގައުމުގެ ދެމެދުގައި ވިޔަފާރިއާއި ތައުލީމީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. (މިދިޔަ އަހަރު އެ ގައުމުން 7،443 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.)

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް