ސިނަމާލެ ބުރިޖު

ސިނަމާލެ ބްރިޖުމަތީގައި މަޑުކޮށްފައި އޮތް ސައިކަލެއްގައި އެހެން ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ވިދާޅުވީ، ސިނަމާލެ ބްރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ފަޅީގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ މެންދަމު 2:21 ހާއިރު ކަމަށެވެ.

ފުލުހުންގެ މައުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ރޭ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސައިކަލު ނުދުއްވިގެން ބްރިޖުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސައިކަލެއްގައި، ފަހަތުން ބާރަށް އައި އެހެން ސައިކަލެއް ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ފަހަތުން އައިސް ޖެހުނު ސައިކަލު ދުއްވަން އިން އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާއިރު، އޭނާގެ ފައިގެ ކަށިމަތި ފަޅައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް