އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.
ނިއުޔޯކުގައި ކުރިއަށްދާ މި ބައްދަލުކުރެއްވުމުގައި، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާން ޙަވާލުވެވަޑައިގަތުމާ ގުޅިގެން ނައިބު ރައީސް ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއަކާއި ތަހުނިޔާ ވިދާޅުވެފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބަންގްލަދޭޝްގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވަމުން، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަޤްވާމީ މައިދާންތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދެ ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އަބަދުވެސް ްތައްޔާރަށް ތއްބެވިކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.




