އެމްޓީސީސީ އިން ބޮޑުތަކުރުފާނު މަގު ތަރައްގީކުރާ މަޝްރޫއުގެ ތެރެއިން ވެސްޓް ޕާކު ސަރަހައްދުގެ މަސައްކަތް ފެށުން

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން، ވެސްޓް ޕާކް ސަރަހައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެ ސަރަހައްދުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތެވެ. މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ ސަރަހައްދުގެ މަގުގެ އެއްފަޅި މިހާރު ބަންދުކޮށްފައިވީ ނަމަވެސް، އާންމު ދަތުރުފަތުރަށް ދަތިނުވާނެހެން މަގުގެ އަނެއް ފަޅި ވަނީ ހުޅުވާލާފައެވެ. މަގު ބަންދުކުރުމުގެ ސަބަބުން ދުއްވާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ.

އެމްޓީސީސީ އިން ބޮޑުތަކުރުފާނު މަގު ތަރައްގީކުރާ މަޝްރޫއުގެ ތެރެއިން ވެސްޓް ޕާކު ސަރަހައްދުގެ މަސައްކަތް ފެށުން
އެމްޓީސީސީ އިން ބޮޑުތަކުރުފާނު މަގު ތަރައްގީކުރާ މަޝްރޫއުގެ ތެރެއިން ވެސްޓް ޕާކު ސަރަހައްދުގެ މަސައްކަތް ފެށުން

ވެސްޓް ޕާކް ސަރަހައްދަކީ ވިއްސާރަ މޫސުމުގައި މާލޭގައި އެންމެ އަވަހަށް ފެންބޮޑުވާ އެއް ސަރަހައްދު ކަމަށްވާތީ، މި މަޝްރޫޢުގެ ދަށުން ފެންހިންދާ ނިޒާމު ހަރުދަނާކޮށް، ތާރުއަޅައިގެން އެ ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ބޮޑުތަކުރުފާނު މަގުގެ ދެން އެންމެ ބޮޑަށް ހަލާކުވެފައިވާ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އެމްޕީއެލް ސަރަހައްދަކީ ބަރު އުޅަނދުތަކުގައި މުދާ އުފުލާ، މަގު ވަރަށް ބޮޑަށް އަޑިގުޑަންވެފައިވާ ސަރަހައްދަކަށްވާތީ، މި މަސައްކަތާއެކު ދަތުރުފަތުރުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. މި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ "ދަ ޕަލްސް" ޕޮޑްކާސްޓުގައި މީގެ ކުރިން އިއުލާންކުރައްވާފައެވެ.

އެމްޓީސީސީ އިން ބޮޑުތަކުރުފާނު މަގު ތަރައްގީކުރާ މަޝްރޫއުގެ ތެރެއިން ވެސްޓް ޕާކު ސަރަހައްދުގެ މަސައްކަތް ފެށުން
އެމްޓީސީސީ އިން ބޮޑުތަކުރުފާނު މަގު ތަރައްގީކުރާ މަޝްރޫއުގެ ތެރެއިން ވެސްޓް ޕާކު ސަރަހައްދުގެ މަސައްކަތް ފެށުން

މި މަޝްރޫޢުގެ ކުރީގެ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް 1.145 ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ފަޅުން ބައެއް ހިއްކައި، ހަތަރު ލޭނަށް މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްގީކޮށް އާންމުންނަށް ހުޅުވާލާފައެވެ. އެ ސަރަހައްދުގައި ފެންހިންދާ ނިޒާމާއި ދުވާރުގެ އިތުރުން 500 ސައިކަލުގެ ޖާގައިގެ ޕާކިން ޒޯނެއް ގާއިމުކުރުމުގެ ސަބަބުން ޓްރެފިކަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގެ މުޅި މަޝްރޫޢު އެއްކޮށް ނިންމާ އާންމުންނަށް ހުޅުވާލުމެވެ. މީގެއިތުރުން މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައްވެސް ރޭވިގެން ކުރިއަށްދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް