ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ވޭޕް އަދި ފައިސާ

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ސެޕްޓެމްބަރު 21 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މަގުމަތިން ދިވެހި ދެ ފިރިހެނަކު ހުއްޓުވައި ސުވާލުކޮށް، އެ ހުޅުމާލެ ފޭސް ދޭއްގައި ފުލުހުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކްގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި މި އޮޕަރޭޝަނުގައި، މަގުމަތިން ދިވެހި ދެ ފިރިހެނަކު ހުއްޓުވައި ސުވާލުކޮށް ސައިކަލު ބަލައިފާސްކުރުމުގެ އިތުރުން، އެ މީހުންނާ ގުޅުންހުރި އަމާން އުދަރެސް އެޕާޓްމަންޓެއް ވަނީ ބަލައިފާސްކޮށްފައެވެ. އެ އެޕާޓްމަންޓުން 156 ވޭޕް ކާޓްރިޖާއި ނެނޯ ސްޓިކްގެ އިތުރުން 6،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ފެނިފައެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެއަށް ސިއްރުން ވޭޕް އެތެރެކޮށް އޭގެ ވިޔަފާރިކުރުމާއި، މަނީ ލޯންޑާކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ. ފުލުހުން ދަނީ މި މައްސަލައިގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ. ނަމަވެސް، ތުހުމަތުކުރެވޭ މީހުންނާމެދު އަޅާފައިވާ ފިޔަވަޅެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ދިވެހިރާއްޖޭގައި ވޭޕް އެތެރެކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކޮށް، އޭގެ ބޭނުންކުރުމާއި ވިއްކުން 15 ޑިސެމްބަރު 2024 އިން ފެށިގެން ގާނޫނީ ގޮތުން ވަނީ މަނާކޮށްފައެވެ. ސަރުކާރުން މި ފިޔަވަޅު އަޅާފައިވަނީ ޒުވާނުންނާއި ކުޑަކުދިންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކާއި، ވޭޕްގެ ޒަރީއާއިން މަސްތުވާތަކެތި ފެތުރުން ހުއްޓުވުމަށެވެ. މަނާކޮށްފައިވީ ނަމަވެސް ސިއްރުން އެތެރެކުރާ ވޭޕް ސާމާނު އަތުލައިގަތުމަށް ފުލުހުންނާއި ކަސްޓަމްސްއިން އަންނނީ ސިލްސިލާ އޮޕަރޭޝަންތައް ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް