ގުޅީ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށް

ކ. ގުޅީ ސްކޫލުގައި ތަރައްޤީކުރާ ހަ ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލުގެ މަސައްކަތުގެ ތެރެއިން، މިހާރު ކުރިއަށްދަނީ އިމާރާތުގެ ތިންވަނަ ފަންގިފިލާގެ ސްލެބްގައި ދަގަނޑު އެޅުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ތަޢުލީމީ ވުޒާރާގެ ފަރާތުން 12.3 މިލިއަން ރުފިޔާއަށް 360 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ.

މި އިމާރާތް ނިމި، ޒަމާނީ ފެންވަރަށް ޚިދުމަތް ދޭން ފެށުމުން ގުޅީ ސްކޫލުގެ ދަރިވަރުންނާއި، މުވައްޒަފުން، ބެލެނިވެރިންގެ އިތުރުން މުޅި ރަށުގެ މުޖުތަމަޢަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ސްކޫލްތަކުގެ ދަރިވަރުން އިތުރުވަމުންދާތީއާއި ބާވެފައިވާ އިމާރާތްތަކުގެ ބަދަލުގައި ރައްކާތެރި އައު ވަސީލަތްތައް ބޭނުންވާތީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސްކޫލް އިމާރާތްތަކާއި ހޯލްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް