ތިނަދޫގައި އަލަށް ރަޖިސްޓްރީވާ ތުއްތު ކުދިންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ގދ. ތިނަދޫގައި އަލަށް ރަޖިސްޓްރީވާ ތުއްތު ކުދިންނަށް މާލީ އެހީ ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ތިނަދޫ ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ. ސިޓީ ކައުންސިލުން އާންމުކުރި އުސޫލުގައިވާ ގޮތުން، މި އެހީ ދިނުމުގެ މުހިންމު މަޤްޞަދަކީ ތިނަދޫގެ އާބާދީ އިތުރުކުރުމާއި، ޒުވާން އާއިލާތަކަށް ހިތްވަރުދީ ވިހެއުމުގެ ރޭޓު މަތިކުރުމެވެ.

މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ:

  • ކެޓަގަރީ އޭ (ތިނަދޫ ރަށްވެހިންގެ ކުދިން): 1,500 ރުފިޔާ

  • ކެޓަގަރީ ބީ (އެހެން ރަށެއްގެ މައިންބަފައިންނަށް ލިބި ތިނަދޫގައި ރަޖިސްޓްރީކުރާ ކުދިން): 2,000 ރުފިޔާ

މި އެހީއަކީ އެއްފަހަރު ދެވޭ އެހީއެކެވެ. އެހީ ލިބޭނީ ތިނަދޫގައި އުފަންވެ އެ ސިޓީގައި ރަޖިސްޓްރީވާ ކުދިންނަށާއި، އެހެން ތަނެއްގައި އުފަންވި ނަމަވެސް ފުރަތަމަ ރަޖިސްޓްރީކުރާ ތަނަކީ ތިނަދޫ ކަމުގައިވާ ނަމައެވެ. ކުއްޖާ ރަޖިސްޓްރީވި ކަމަށް ބަލާނީ އައިޑީކާޑު ހެއްދުމުން ކަމަށްވާއިރު، ރަޖިސްޓްރީވާތާ އެއް މަސް ދުވަހުގެ ތެރޭގައި އެހީއަށް އެދި ސިޓީ ކައުންސިލަށް ހުށަހަޅަންޖެހޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް