ބޮޑުތަކުރުފާނުމަގު އަލަށް ތަރައްގީކުރި ސަރަހައްދު

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތަކަށް ތައްޔާރުވުމުގެ ގޮތުން، ވެސްޓްޕާކް ސަރަހައްދުން އެ މަގުގެ އެއްފަޅި މިރޭ 12:00 އިން ފެށިގެން ބަންދުކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެހެންކަމުން އެ ސަރަހައްދު ބޭނުންކުރާ ދަތުރުވެރިން އެކަމަށް ސަމާލުވުމަށާއި، މަގު ބަންދުކުރުމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އެކި ސަރަހައްދުތަކުގައި ތާރުއެޅުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް