ހައުސިން ޔުނިޓް

އަމިއްލަ ގެދޮރު އިމާރާތްކުރުމަށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަށް ހުޅުވާލި "ހިޔާވަހި ފައިނޭންސް ސްކީމް" ގެ ދަށުން 839 މީހަކަށް 1.08 ބިލިއަނަށްވުރެ ގިނަ ރުފިޔާ (1,084,573,557ރ.) ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

މި ސްކީމުގެ ދަށުން އަތޮޅުތަކުގެ ރަށްރަށަށް ހާއްސަ "ރަށްވެހި" އެޕްލިކޭޝަނުން 1,329 ފޯމު، އާބަން ސެންޓަރުތަކަށް ހާއްސަ "ސަހަރު" އެޕްލިކޭޝަނުން 585 ފޯމު އަދި މާލެ ސަރަހައްދަށް ހާއްސަ "ފަހިމާލެ" އެޕްލިކޭޝަނުން 341 ފޯމު ވަނީ ހުށަހަޅާފައެވެ.

އިސްލާމިކް ފައިނޭންސިންގެ އުސޫލުން %5 ގެ ޕްރޮފިޓް ރޭޓުގައި، އަނބުރާ ދެއްކުމަށް 25 އަހަރުގެ މުއްދަތު ލިބޭ މި ލޯނަކީ އަލަށް ގެއެއް އިމާރާތްކުރާ މީހުންނަށާއި އިމާރާތްކުރުމުގެ މަސައްކަތް ނުނިމި ހުރި ގެތައް ނިންމުމަށް ދޫކުރާ ލޯނެކެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުގެ ދަށުން، ސަރުކާރު ބަޖެޓުން 1 ބިލިއަން އަދި ބޭންކުތައް މެދުވެރިކޮށް 1 ބިލިއަން ހިމެނޭހެން އަހަރަކު 2 ބިލިއަން ރުފިޔާ ދޫކުރުމަށް ނިންމާފައިވާ މި ސްކީމުގައި ހައުސިން މިނިސްޓްރީއާއެކު ބީއެމްއެލް، އެޗްޑީއެފްސީ އަދި އެމްއައިބީން ދަނީ ބައިވެރިވަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް