ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް މުޅިން ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މަޝްރޫއުގެ އަދާހަމަ ހިއްސާކުރަމުން ބުނީ، މިހާރު ކުރިއަށްދަނީ ބިން ހިއްކުމާއި ފަސް އެޅުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. 2023 ވަނަ އަހަރުގެ އޯގަސްޓް 24 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއަކީ 18.56 މިލިއަން ރުފިޔާއަށް 280 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން ފުނަދޫ ގޮނޑުދޮށަށް 21,203 ކިއުބިކް މީޓަރުގެ ވެލި އެޅުމުގެ އިތުރުން، 670 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 60 މީޓަރުގެ ގްރޮއިންއެއްގެ އިތުރުން 20 މީޓަރުގެ ތިން ގްރޮއިން ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިފަދަ މަޝްރޫއުތަކަކީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށްރަށުގެ ގޮނޑުދޮށް ގިރުމުގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ އިސްކަމުގެ ދަށުން ކުރިއަށްދާ މުހިންމު ތަރައްގީގެ މަސައްކަތްތަކެކެ





