ތޮއްޑޫގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީން ޑޮކިއުމެންޓް ކުރަނީ

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ އާންމުންގެ ގިނަ ޝަކުވާތަކެއް ލިބެމުންދިއުމާ ގުޅިގެން، އއ. ތޮއްޑޫގައި ޓާސްކްފޯސްއިން ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

މިއަދު ހެނދުނު 6:00 އިން ހަވީރު 4:00 އަށް އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެގެން ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 507 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާއިރު، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 107 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން ލޯކަލް ޓޫރިޒަމް ފުޅާވެފައިވާ ތޮއްޑޫއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ރަށެކެވެ. އެ ރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގިނަވުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވާއިރު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް