އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓްގައި ތާރު އަޅަން ފަށައިފި

މާލޭގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްޤީކޮށް, ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން އަމީނީ މަގުގެ ފުރަތަމަ ސެގަންޓްގައި ތާރު އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އަމީނީ މަގުގެ ހުޅަނގުކޮޅުގެ ސަރަހައްދުތަކަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން މި މަސައްކަތް ކުރިއަށް ގެންދަނީ އެމް.ޓީ.ސީ.ސީންނެވެ.

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓްގައި ތާރު އަޅަން ފެށުން

މި ސެގަންޓްގެ މަސައްކަތް ފެށުމުގެ ކުރިން، މަގުގެ އަޑުއަދި މަތީ ފަށަލަތަކަށް ގެއްލުންވެފައިވާ ބައިތައް ނައްޓާލައި، ސަބްގްރޭޑް އަދި ސަބް-ބޭސް މަރާމާތުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. އަދި ތާރުއެޅުމުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ގޮތުން އެގްރިގޭޓް ބޭސް ކޯސް އެޅުމާއި ޕްރައިމް ކޯޓް ލުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވާފައިވާ ގޮތުގައި، މި މަސައްކަތް ނިމިގެންދާއިރު އުޅަނދުފަހަރު ދުއްވާ މީހުންނަށާއި ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް ބަސް ހުއްޓި ސަރަޙައްދުތަކާއި ޕޭވްމަންޓްތަކަށް ގެންނަ ބަދަލުތަކުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް އިތުރު ރައްކާތެރިކަމެއް ކަށަވަރުވެގެންދާނެ ކަމަށް ބެލެވެއެވެ.

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓްގައި ތާރު އަޅަން ފެށުން

އެމް.ޓީ.ސީ.ސީން ދަނީ މި މަޝްރޫޢުގެ މަސައްކަތްތައް ވީއެންމެ އަވަހަކަށް ނިންމައި، މާލޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭ ފެންވަރު ރަނގަޅު މަގެއް ފޯރުކޮށްދިނުމަށް ފުރިހަމަ އަޒުމެއްގައި މަސައްކަތް ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް