ޕްރޮސެކިއުޓާ ޖެނެރަލް

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ 8 މަސްދުވަހުގެ ތެރޭގައި އެ އޮފީހުން ވަނީ 2,231 މައްސަލައެއްގައި ދައުވާކުރުމަށް ކޯޓަށް ހުށަހަޅާފައެވެ.

ވޭތުވެދިޔަ މަސްތަކުގައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު އެވްރެޖްކޮށް މަހުން މަހަށް އިތުރުވެފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައީ 451 މައްސަލައާއެކު މަސްތުވާތަކެތީގެ މައްސަލަތަކެވެ.

މިއަހަރުގެ ތެރޭގައި ކޯޓުތަކުން 2,372 މައްސަލައެއްގައި ހުކުމްކޮށްފައިވާއިރު، ޕީޖީ އޮފީހުން ވަނީ އަލަށް 1,653 މައްސަލައެއް ބަލައިގަނެފައެވެ. އަދި ތަޙުޤީޤީ އިދާރާތަކުން އެދިގެން 4,970 މައްސަލައެއްގައި އެ އޮފީހުން ވަނީ ޤާނޫނީ ލަފާ ދީފައެވެ. ފުލުހުންނާއި ތަޙުޤީޤީ އިދާރާތަކުން ހުށަހަޅާ މައްސަލަތައް އަވަހަށް ދިރާސާކޮށް ކޯޓަށް ހުށަހެޅުމަށާއި، އިންސާފު ގާއިމުކުރުމުގެ މަރުހަލާ އަވަސްކުރުމަށް ކޯޓުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޕީޖީ އޮފީހުން ދެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް