އިންޑޮނޭޝިއާގައި ފެރީއެއް ފެތިގެން ހިންގި ހާދިސާއާ ގުޅިގެން މޫދުގެ އަޑިއަށް ދައިވްކޮށްގެން ކުރިއަށްގެންދިޔަ ހޯދުމުގެ އޮޕަރޭޝަނުގައި ތިން މީހެއްގެ ހަށިގަނޑު ނަގާފައިވާ އިރު، 126 މީހުން އަދިވެސް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
އިންޑޮނޭޝިއާގެ ސާޗް އެންޑް ރެސްކިއު އޭޖެންސީން މައުލޫމާތު ދޭ ގޮތުގައި، މި ފެރީ ފެތެން މެދުވެރިވީ މޫސުން ގޯސްވެ، ބޮޑެތި ރާޅުތަކުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެންނެވެ. ހާދިސާ ހިންގި ވަގުތު އުޅަނދުގައި ގިނަ އަދަދެއްގެ މީހުން ތިބި އިރު، ސަލާމަތްކުރެވުނު މީހުންނަށް ދަނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި އަސްކަރިއްޔާއާއި ސާޗް އެންޑް ރެސްކިއު ޓީމުތަކުން ދަނީ ކަނޑާއި ވަޔާއި މޫދުގެ އަޑިން ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.





