ގަވާއިދާ ހިލާފަށް ބޭރު ފައިސާ ބޭރުކުރަން އުޅުނު ބަންގްލަދޭޝްގެ 6 މީހަކު އެއާޕޯޓުން ހައްޔަރުކޮށްފި

ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދުމަށް ހާއްސަ ޓާސްކްފޯހަކުން ސެޕްޓެމްބަރު 18 ގައި ހިންގި އޮޕަރޭޝަނެއްގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބަންގްލަދޭޝަށް ފުރަން ގޮސްތިއްބައި ބަންގްލަދޭޝްގެ 6 މީހަކު ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެ މީހުންގެ އަތުން ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ފައިސާގެ ތެރޭގައި 18 ގައުމެއްގެ ފައިސާ ހިމެނެއެވެ. އޭގެ ތެރޭގައި 174,161 ޔޫއެސް ޑޮލަރާއި، 56,760 ޔޫރޯ އަދި 1,815 ސްޓަރލިންގ ޕައުންޑް ހިމެނޭއިރު، މިއީ ޖުމުލަ ގާތްގަނޑަކަށް 3,861,415.29 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް އެއްހާސް ހަތަރުސަތޭކަ ފަނަރަ ރުފިޔާ އޮނަތިރީސް ލާރި) ރުފިޔާގެ ފައިސާއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 6 މީހުންގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް