މާލޭ ސްކޭޓް ޕާކާ ދިމާ ބޭރު ތޮށިގަނޑުގެ ހިލަގާތަކު ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށް، އިތުރު ފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
މި ހާދިސާގައި ގާތަކުގެ ތެރޭގައި ތާށިވެފައިވަނީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 17:16 ހާއިރުއެވެ.
އަދި ހިލަގާތަކުގެ ތެރެއިން އެ މީހާ ނަގައި ހޮސްޕިޓަލަށް ގެންގޮސްފައިވީ ނަމަވެސް، އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.





