ޕީއެންސީގެ އާ ލީޑަޝިޕް އެކުލަވާލައި މަގާމުތަކުގެ ހުވާކޮށްފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އާ ލީޑަޝިޕް ރަސްމީކޮށް އެކުލަވާލައި، މަގާމުތަކަށް އިންތިހާބުވި ބޭފުޅުން މިއަދު ވަނީ އިގުރާރުވެ، ހުވާ ކުރައްވައިފައެވެ.

އެ ޕާޓީގެ މަތީ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ބޭފުޅުންނަށް އިގުރާރު ލައިދެއްވީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހުތާޒު މުހުސިނެވެ.

މި ޖަލްސާގައި ޕާޓީގެ އިދާރީ މަގާމުތަކާއި، ގޮފިތަކުގެ އިސްބޭފުޅުންގެ އިތުރުން މެންބަރުންގެ މަޖިލީހާއި، އަންހެނުންގެ މަޖިލިސް އަދި ޒުވާނުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުންވެސް ވަނީ ހުވާކުރައްވައިފައެވެ.

އިންތިހާބުވި އަދި އައްޔަންކުރެވުނު އިސް ބޭފުޅުންގެ ތަފްސީލު:

ޕާޓީގެ އިސް ލީޑަޝިޕް:

 ޕާޓީގެ ޗެއާޕާސަން: އަބްދުއްރަހީމް އަބްދުﷲ (ރައްޔިތުންގެ މަޖިލީހުގެ ރައީސް)

 ޕާޓީގެ ނައިބު ރައީސް: ހުސައިން މުހައްމަދު ލަތީފް (ރައީސުލްޖުމްހޫރިއްޔާގެ ނައިބު)

 ޕާޓީގެ ނައިބު ރައީސް / ޕީޖީ ލީޑަރު: އިބްރާހިމް ފަލާހު (އިނގުރައިދޫ ދާއިރާގެ މެންބަރު)

އިންތިހާބުވި ނައިބު ރައީސުން:

 އަބްދުﷲ ރާފިއު (ސްޕޯޓްސް މިނިސްޓަރު)

 އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު)

 ފާތިމަތު ސައުދާ (ނިލަންދޫ ދާއިރާގެ މެމްބަރު)

 އިބްރާހިމް ޝުޖާއު (ބާރަށު ދާއިރާގެ މެމްބަރު)

 މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)

 މުހައްމަދު ހުސެއިން ޝަރީފް (ސަރުކާރުގެ އިސް ތަރުޖަމާނު)

ޕާޓީގެ ރައީސް ކަނޑައެޅުއްވި ލީޑަޝިޕް މެމްބަރުން (މިނިސްޓަރުންގެ ފެންވަރު):

 އަބްދުﷲ ފަޔާޒު (ޗީފް އޮފް ސްޓާފް)

 އަބްދުﷲ ނާސިރު (މިނިސްޓަރު)

 މުހައްމަދު އަމީން (މިނިސްޓަރު)

 ގީލާ އަލީ (މިނިސްޓަރު)

 ޑރ. އަބްދުﷲ މުއްތަލިބު (މިނިސްޓަރު)

 މުހައްމަދު ތޮލާލު (މިނިސްޓަރު)

 އާދަމް ޝަރީފް އުމަރު (ސަފީރު)

ކުންފުނިތަކުގެ ވެރިންގެ ތެރެއިން އައްޔަންކުރެއްވި މެމްބަރުން:

 އަބްދުލްރައްޒާގު ހަލީމް (ސީއީއޯ)

 ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރު (އެޗްޑީސީގެ އެމްޑީ)

 ހަމްދާން ޝަކީލް (ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ)

އަންހެނުންގެ ކޮމިޓީ:

 ރައީސް: ހީނާ ވަލީދު (ހެރިޓޭޖް މިނިސްޓަރު)

 ނައިބު ރައީސް: އާމިނަތު ހުސައިން ޝަރީފް

 ސެކްރެޓަރީ: އާމިނަތު ނާސިހާ

 ހަޒާންދާރު: އާމިނަތު ޝިޒްލީން

ޒުވާނުންގެ ކޮމިޓީ:

 ރައީސް: އަބާން އަބްދުލްލަތީފް

 ނައިބު ރައީސް: ހަސަން ޝަހީދު

 ސެކްރެޓަރީ: އިސްމާއިލް އަޒްމީ

 ހަޒާންދާރު: މުހައްމަދު ރިފާއު

އިދާރީ މަގާމުތައް:

 ސެކްރެޓަރީ ޖެނެރަލް: މޫސާ ފަތުހީ އާދަމް

 ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް: މުހައްމަދު ލަމްއާން

 ހަޒާންދާރު: ހުސައިން ފަހުމީ (މެނޭޖިން ޑިރެކްޓަރު)

ޑެޕިއުޓީ ޕީޖީ ލީޑަރުން:

 މުހައްމަދު އިސްމާއިލް (ވިލިމާލެ ދާއިރާގެ މެންބަރު)

 މުހައްމަދު ޝާހިދު (ހުޅުދޫ ދާއިރާގެ މެންބަރު)

މިހުރިހާ ބޭފުޅުންނަށް އިގުރާރު ލައިދެއްވީ ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު މުހުތާޒު މުހުސިނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް