މިނިސްޓަރު އިޙްސާންއާއި ސީޕީ އަންހެން ފުލުހުންނަށް ތަހުނިޔާ ފޮނުއްވައިފި

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 17 ވަނަ ދުވަހު ފާހަގަކުރާ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ދާޚިލީ ވަޒީރު ޢަލީ އިޙްސާން އާއި ޕޮލިސް ކޮމިޝަނަރ އަޙްމަދު މުޙައްމަދު އަންހެން މުވައްޒަފުންނަށް ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މި ދުވަހަކީ 2021 އޮކްޓޫބަރު 3 ގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބަލައިގަތް "ގައިޑްލައިން އޮން ކްރިއޭޝަން އެންޑް މެނޭޖްމަންޓް އޮފް ވިމަން އިން ޕޮލިސިން ޑޭ" ގެ ދަށުން ރަސްމީކޮށް ފާހަގަކުރަން ފެށި ދުވަހެކެވެ.

މިއީ ފުލުހުންގެ ޚިދުމަތުގައި އަންހެނުން ކޮށްދީފައިވާ ޚިދުމަތްތަކާއި ކާމިޔާބީތަކުގެ އަގުވަޒަންކުރުމާއި، މުއައްސަސާގެ އެތެރޭގައި އަންހެނުންނަށް ހުރި ކުރިއެރުމުގެ ފުރުސަތުތައް އިތުރަށް ފަހިކުރުމުގެ މަގުސަދުގައި ފާހަގަކުރާ ދުވަހެކެވެ.

މިނިސްޓަރު އިޙްސާން ވިދާޅުވީ، އަންހެން އޮފިސަރުން ދައްކުވައިދޭ ހިތްވަރާއި ޕްރޮފެޝަނަލިޒަމާއި އިޚްލާޞްތެރިކަމަކީ ޒަމާނީ ޕޮލިސިންގއަށް ލިބޭ މުހިންމު ކުރިއެރުމެއްކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ، ޒަމާނީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުން އަދާކުރަނީ ނުހަނު މުހިންމު ދައުރެއްކަމަށެވެ.

2004 ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރެވުނުއިރު ހިދުމަތުގައި ތިބީ އެންމެ 64 އަންހެން އޮފިސަރުންނެވެ. ތަމްރީނުތަކުގައި ފުރުސަތު ފަހިކޮށްދިނުމާއި ވިހެއުމާ ގުޅިގެން ލިބޭ އިނާޔަތްތައް ހަރުދަނާކުރުމުގެ ސަބަބުން މި އަދަދު ވަނީ ބޮޑަށް އިތުރުވެފައެވެ.

މާލެ ސަރަހައްދުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ބާއްވާ ފޯރަމް އޮންނާނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހު ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް