ބާރަށު މިސްކިތުގެ ކޮލަމް ކޮންކްރީޓް މަސައްކަތް ކުރިއަށް

ހއ. ބާރަށުގައި އިމާރާތްކުރަމުންދާ 500 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، މިހާރު ކުރިއަށް ދަނީ ކޮލަމް ކޮންކްރީޓް ކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ސަރުކާރުގެ ޚަރަދުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ރޯދަމަހަށްފަހު ފެށުމަށް ނިންމެވި ޚާއްޞަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރިން ވިދާޅުވެފައިވަނީ ބާރަށުގެ އިތުރުން އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި އަދި ތ. ވޭމަންޑޫގައިވެސް 300، 500 އަދި 700 މީހުންގެ ޖާގައިގެ މިސްކިތްތައް ބިނާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ރާއްޖޭގެ ތާރީޚާއި ސަގާފަތާއި މާހައުލާ ގުޅޭގޮތަށް ޑިޒައިން ކުރެވިގެން ބިނާކުރާ މި މިސްކިތްތައް ނިމޭއިރު، ސޯލާ ސިސްޓަމާއި އޭސީ ހަރުކުރެވި، ނެވިލޯން އަޅައި ފުރިހަމަކުރެވޭނެއެވެ.

މީގެ އިތުރުން ކޮންމެ މިސްކިތެއްގައިވެސް ޤުރުއާން ކިޔަވައިދެވޭނެ ކްލާސްރޫމްތައް ހިމެނޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް